logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފަނޑިޔާރުން ދާއިރާއިން ބޭރަށްކުރާ ދަތުރުތަކަށް ޖޭއެސްސީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަދައިފި

ފަނޑިޔާރުން ދާއިރާއިން ބޭރަށްކުރާ ދަތުރުތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހުއްދަ ހޯދަންޖެހޭގޮތަށް ހަދައިފި އެވެ.

ޖޭއެސްސީން އާންމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް އެ ފަނޑިޔާރަކު އައްޔަން ކުރެވިފައިވާ ދާއިރާއިން ބޭރަށް ވަޑައިގަންނަވަން ޖެހޭނަމަ، އެ ދަތުރެއް ކުރެއްވުމަށް ޖޭއެސްސީގެ ހުއްދައެއް ހޯއްދަވަންޖެހޭނެ ކަމަށެވެ.

މިކަން ފަނޑިޔާރުންގެ ސަމާލުކަމަށް ގެނައުމަށް ކޮމިޝަނުން ނިންމާފައިވާކަން ސާކިއުލާއަކުން އަންގާފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހު ކޮމިޝަންގެ ރައީސް ހުސައިން ރިޒާ އާދަމް ސޮއި ކުރައްވަ އެވެ.

މީގެކުރިން ޖޭއެެސްސީން ވަނީ އެކޮމިޝަނުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަން ހާމަކޮށްފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *