logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރަން ސްޓެލްކޯއިން ފަށައިފި

އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ އެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދަނީ ސީއެސްއާރުގެ ދަށުން ކަމަށެވެ.

އެގޮތަށް އެ މަސައްކަތް ކުރުމަށް ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.

އެ މަޝްވަރާއަށް ފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ މުންނާރާއި އިސްލާމީ މަރުކަޒުގެ ސަރަހައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުންދަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާ ގުޅިގެންނެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *