logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މަޖިލީހުގެ ރައީސްގެ ގެކޮޅުގެ މުވައްޒަފުންގެ އަދަދު ސިއްރު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫ ގޭގެ މުވައްޒަފުންގެ އަދަދާއި ވަނަވަރު ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

"މިހާރު" ނޫހުން ހުށަހެޅި ސިޓީއަކާ ގުޅިގެން ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމަށް ދެ ހުށައެޅުމެއް ހުށައެޅިކަމަށްވެއެވެ.

ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ އެމްއެންޕީގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވީ މުވައްޒަފުންގެ ނަމާއި ވަނަވަރު ފިޔަވައި އެހެނިހެން މައުލޫމާތު ހާމަކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުވީ މުރައިދޫގެ މުވައްޒަފުންގެ މައުލޫމާތު ސިއްރު ކުރާށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހީމެވެ.

ފަލާހުގެ ހުށަހެޅުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ ވޯޓުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *