logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

އިންޑިއާގެ އައު ސަފީރަކަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވާފައިވަނީ އާއިޝަތު އަޒީމާ ގެ ނަން

ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރުގެކަމުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައިވަނީ އާއިޝަތު އަޒީމާ ގެ ނަމެވެ.

ރައީސުލް ޖުމްހޫރިއްޔާ އާއިޝަތު އަޒީމާގެ ނަން މަޖިލީހަށް ފޮނުވުމާ ގުޅިގެން އެނަން އިތުރަށް ދިރާސާކުރުމަށް މިއަދުގެ ޖަލްސާގައިވަނީ ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އާއިޝަތު އަޒީމާ އަކީ ރާއްޖެއިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ކުރިން އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް އާއިޝަތު އަޒީމާ ކުރިން ވަނީ އަދާކުރައްވާފައެވެ.

އެ މަގާމަށް އަޒީމާ އައްޔަން ކުރަން ނިންމެވީ މިހާރު އިންޑިއާ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގަ އެވެ. އޭނަ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު 2022 ގަ އެވެ.

އާއިޝަތު އަޒީމާ 1988 އިން ފެށިގެން ފޮރިން މިނިސްޓަރީގައި މަސައްކަތް ކުރަށްވަމުންއައިސްފައިވާ ފަރާތެކެވެ. އެގޮތުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *