logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މުރައިދޫ ގޭގައި އުޅޭ މުވައްޒަފުންނާއި މުސާރައިގެ ތަފްސީލް ހާމަކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމެޓީން ފާސްކޮށްފި އެވެ.

މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަނުކުރަން 241 ކޮމެޓީން މިއަދު ނިންމި ނިންމުން ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމުން މިއަދު ހަވީރު އިތުރު ކޮމެޓީ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެންނެވެ.

އެ ކޮމެޓީގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ މުރައިދޫ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަނަަވަރާއި އަދަދާއި އަދި އެކަމަށް ހޭދަވާ އަދަދު ހާމަކުރުމަށެވެ. 

މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި އެމީހުންގެ ވަނަވަރާއި މުސާރަ ހާމަނުކުރާން މިއަދު 241 ކޮމެޓީން ނިންމީވެސް ފަލާހު އެގޮތަށް ހުށައެޅުއްވައިގެން ފާސްކޮށްގެންނެވެ.

މިއަދު އެކޮމިޓީގެ ދެވަނަ ބައްދަލުވުމެއް ބޭއްވީ އެމައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *