logo minivan

English

އާދިއްތަ, 10 ނޮވެމްބަރ 2024

ވޭޕްކުރަން ބޭނުންކުރާ ސާމާނު އެތެރެކުރުމާއި ވިއްކުން މަނާކުރަނީ

ވޭޕް ކުރުމަށް ބޭނުން ކުރާ ސްޓިކް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ, ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *