logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޥޭޕް ފްލޭވާގެ ނަމުގައި އެތެރެކުރި ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި

ވޭޕް ފްލޭވާ ނަމުގައި އެތެރެކުރަން އުޅުނު ކެނަބިސް ޝިޕްމަންޓެއް މިރޭ އަތުލައިގެންފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން 'އެކްސް' ގައި މިރޭ ކުރި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް އޮއިލް ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމުން  ހިފަހައްޓާފައިވާ ކަމަށެވެ.

މިއަދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ, ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން 2024 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ