logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

އާންމު ސަލާމަތަށް ނުރައްކާވާގޮތަށް ބިދޭސީން އުޅެމުންދިޔަ ތަނެއްބަލައި ފާސްކޮށް ހަތް ބިދޭސީ އަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ހަތްބިދޭސީން އަތުލައިގަނެފައި ވަނީ، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.

އިމިގްރޭޝަނުން ބުނީ، މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ ފޭސް 1 ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި އެ ތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން އަންނަ ތަނެއްކަން ފާހަގަވެފައިވާ ތަނެއްކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ކުރަމުންނެވެ.

މި ރެއިޑްތަކުގައި ބޮޑަށް އިސްކަންދެނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ