logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބެލްކަނިން ވެއްޓި މަރުވި ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަކުރެވުމުން ފުލުހުން މައާފަށް އެދެފި

މާލޭގެ އިމާރާތެއްގެ މަތިން ފުންމާލައިގެން މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނު އާ ބެހޭ ޒާތީ މައުލޫމާތު ހިއްސާކުރެވުމުން، އެކަމާ ފުލުހުން މާފަށް އެދެފި އެވެ.

އެކަމަށް މާފަށް އެދި ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގުއާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރި އިރު ސެންސިޓިވް ވާހަކަތައް ރަނގަޅު ނޫން ގޮތުގައި ދެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ބައްދަލުވުން ބާއްވާފައިވަނީ މީޑިއާތަކުން އެ މައްސަލައާ ގުޅިގެން ހަގީގަތް އޮޅޭ ގޮތައް ހަބަރު ގެނައުމާ ގުޅިގެން ކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާގެ ތަހްގީގް ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ވިފާގްގެ އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭ ގޮތުންވެސް ހަގީގާ ހިލާފަށް ވާހަކަތަކެއްވެސް ހިމެނޭ ގޮތައް ފްރޮގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވާތީ އެކަމާވެސް ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައުލޫމާތައް ދިނީ ވިފާގްގެ މަންމަ އާއި ބައްޕަ ހިމެނޭގޮތައް، އާއިލާއަށްވެސް ހުއްދަޔާ އެކު ކަމަށް ފުލުހުން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ވިފާގް ނިޔާވެފައިވަނީ 14 އޮގަސްޓު ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ، މ.ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓިގެންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ