logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެއާޕޯޓުގައި ލަގެޖް އުފުލާ ވެހިކަލެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައި 45 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެއާޕޯޓް ލަގެޖް އުފުލާ ވެހިކަލެއް ދުއްވަމުން ދަނިކޮށް އޭޕްރޯން ގައި ލައިޓްއާ ކެމެރާ ހަރުކޮށްފައިވާ ސްޓްރަކްޗާ އެއްގެ ބުޑުގައި ޖެހިފައިވާ ކަމަށެވެ.

ވެހިކަލް ދުއްވި މީހާ ކްލިނިކަށް ގެންގޮސް އަދި މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މެސެޖުގައި ބުންޏެވެ.

ފުލުހުން ބުނީ، ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަދި އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބަލައި، ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުންގެ މެސެޖުގައި ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ