logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މީހާގެ ބަންދަށް 30 ދުވަސް

އައްޑޫ ސިޓީ ހިތަދޫ ފިހާރަ އަކަށް ވަދެ ބިރު ދައްކާ ފޭރުނު މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

ހިތަދޫ ފިހާރަ އަކަށް ވަދެ ބިރުދައްކާ ފޭރުނު ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފޭރުމަށް ފިހާރައަށް ވަންނަނީ ދެ މީހެކެވެ. އެކަކުގެ އަތުގައި ވަޅިއެއް އޮތް އިރު، ދެވަނަ މީހާ އަންނަނީ ލަޓިބުރިއެއް ހިފައިގެންނެވެ.

އެ ހަތިޔާރުތައް ބޭނުންކޮށްގެން ފިހާރައިގެ ސޭޓަށް ބިރުދައްކާ  މަރާލާނެ ކަމަށް ބުނާތަން އެ ވީޑިއޯއިން އިން ފެނިގެންދެއެެވެ.

ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ކޯޓު އަމުރެއްގެދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ