logo minivan

English

ބުދަ, 15 ޖެނުއަރީ 2025

އިމިގްރޭޝަން ވޮޗަށް ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަ

އިމިގްރޭޝަން ވޮޗަށް 840 ބިދޭސީއެއްގެ މައްސަލަ ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.

އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި 17، 2024 އިން ފެށިގެން އޮކްޓޫބަރު 15، 2024 ގެ ނިޔަލަށް 840 މައްސަލައެއް ވަނީ އިމިގްރޭޝަން ވޮޗަށް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން 596 މައްސަލައެއް ވަނީ ބަލައި ނިމިފައި ނުވަތަ ބެލުމުގެ މަރުހަލާގައިކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައްސަލަތަކުގެ ތެރެއިން 174 މީހެއްގެ މައްސަލަ ވެރިފައި ކުރެވިފައިނުވާކަމަށް އެ އިދާރާއިން ބުނެ އެވެ. ނުވަތަ އޭގެ ތެރެއިން ބައެއް މައްސަލަތަކަކީ ކަމާގުޅުން ނެތް މައްސަލަތަކެއްކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން 840 މައްސަލަތަކުގެ ތެރެއިން 70 މައްސަލައެއް ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި މުއްދަތުގެ ތެރޭގައި އިމިގްރޭޝަނަށް އެންމެ ގިނައިން މައްސަލަ ލިބިފައިވަނީ ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަ އެވެ. އެގޮތުން 221 މައްސަލައެއް ލިބިފައިވާ އިރު ވޯކް ވިސާ ވަޔަލޭޝަންގެ 206 މައްސަލައެއް ވަނީ ލިބިފަ އެވެ. އަދި ހަށިވިއްކުމުގެ 50 މައްސަލައަކާއި ގެއްލިގެން ހޯދާ މީހުންގެ 32 މައްސަލައަކާއި ޓޫރިސްޓް ވިސާ ވަޔަލޭޝަންގެ 10 މައްސަލައެއްވެސް ހުށަހެޅިފައިވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *