މިރޭ ފެނިގެންދާނީ މި އަހަރުގެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމުގައި ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ޢެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ މިއީ މި އަހަރުގެ ސުޕަރ ހަންޓަރޒް ފުލްމޫން ކަމަށާއި މިއީ މިއަހަރު ފެންނާނެކަމަށްވާ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމަށެވެ.
މިރޭ ހަނދު އަރާނީ މިއަދު ހަވީރު 05:49ގައި ކަމަށާއި އޮއްސޭނީ މާދަމާ ހެނދުނު 06:32ގައިކަން ރައީސް މައުމޫން ފާހަގަކުއްވާފައިވެއެވެ. އަދި މިރޭގެ ފުލްމޫން ބައްލަވައިލެއްވުމަށް ރައީސް މައުމޫން ދައުވަދު އަރުވާފައިވެއެވެ