logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

އެޗްޑީސީ އާއި ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ރާއްޖެއަށް ތަޢާރަފް ކުރަނީ

އެޗްޑީސީ އާއި ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ރާއްޖެއަށް ތަޢާރަފް ކުރަން މަސައްކަތް ކުަރަމުން ދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ތޯރިގް ވިދާޅުވެއްޖެއެވެ.

އެމަނިކު ފާނު ނޫވެރިންނަށް އެކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެޗްޑީސީ އާއި ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ ދަށުންބައިސްކަލް ޝެއަރިން ސްކީމެއްވެސް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ތިމާވެއްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާއި ޙަވާލުކުރަން ހަމަޖެހިފައިވާކަމަށެވެ.

އެކަމުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވީ ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެއްޓާ ރައްޓެހި އުޅަނދު ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި، ހުޅުމާލޭގައި ސޯލާ ޗާޖިން ސްޓޭޝަން ތަކެއް ގާއިމްކުރަންވެސް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އެކަމަށްޓަކައި ކުރަންޖެހޭ ދިރާސާތައްވެސް މިހާރު ނިމިފައިވާކަމަށާއި، އަދި އެ މަސައްކަތްކުރުމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *