logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހަމާސްގެ ލީޑަރ ޔަހްޔާ ސިމްވާރު ގާޒާގައި އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

ހަމާސްގެ އައު ލީޑަރ ޔަހްޔާ ސިމްވާރު ގާޒާގައި އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއިލުން ބުނެފައިވަނީ ހަމާސްގެ ލީޑަރ ޔަޙްޔާ ސިމްވާރު އަވަހާރަކޮށްލީ ބުރާސްފަތި ދުވަހު ގާޒާގައި އިސްރާއީލުން ހިންގި އާއްމު އޮޕަރޭޝަނެއްގައި ކަމަށާއި، އެ އޮޕަރޭޝަނަކީ ވަކިން ހައްސަކޮށް ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލަން ހިންގި އޮޕަރޭޝަނެއް ނޫންކަމަށާއި އެ އޮޕަރޭޝަނުގައި ހަމާސްގެ ލީޑަރ ވެސް އަވަހާރަކޮސްލެވުމުން އުފާކުރާކަމަށެވެ.

ހަމާސްގެ ލީޑަރު ކަމަށް ޔަޙްޔާ ސިމްވާރ އައްޔަނުކޮށްފައިވަނީ މިދިޔަ ޖުލައިމަހު އިސްރާއިލުން ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ އަވަހާރަކޮސްލުމާ ގުޅިގެންނެވެ. އަދި އިސްރާއިލް ގެ އެވާހަކަތަކާ ގުޅޭގޮތުން ހަމާއިން އަދި އެކަން ކަށަވަރުކޮސްދީފައެއް ނުވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ހަމާސްގެ ލީޑަރ ސިންވާރު މަރާލި ނަމަވެސް ޣައްޒާގެ ހަނގުރާމަ ނުނިންމާނެ ކަމަށާއި، އަދި ހަމާސްއިން ދެން ގައްޒާގައި ވެރިކަން ކުރާނެ ފުރުސަތު ނުދޭނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *