logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފެލިވަރު މަސްފެކްޓްރީ އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށްދާގޮތް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ބައްލަވާލައްވައިފި

އިންޑިއާގެ އެހީގައި ކުރިއަށްދާ ފެލިވަރު މަސްފެކްޓްރީ އަޕްގްރޭޑިންގެ މަސައްކަތް ކުރިއަށްދާގޮތް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ބައްލަވާލައްވައިފިއެވެ.

މިފްކޯގެ އެކްސް އެކައުންޓުގައި ކޮސްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ  އިންޑިއަން އެގްޒިމް ބޭންކާއި، އިންޑިއަން ހައި ކޮމިޝަނާއި، މިފްކޯއާ އާއި، ފިޝަރީޒް މިނިސްޓަރީގެ ޖޮއިންޓް ޑެލިގޭޝަނެއް ފެލިވަރު އަޕްގްރޭޑިންގ ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކޮށް މަސައްކަތް ހިންގަމުންދާގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ.

ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އަކީ އިންޑިއަން އެގްޒިމް ބޭންކުގެ 23 މިލިއަން ޑޮލަރުގެ ލޯން ފައިނޭންސްގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

އިންޑިއާގެ ލޯނު އެހީގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމާއި، 200 ޓަނުގެ ބްރައިން ފްރީޒިންގް ފެސިލިޓީއަކާއި، 80 ޓަނުގެ ރެފްރިޖަރޭޓަރ ސީވޯޓަރ ސިސްޓަމަކާއި، 40 ޓަނުގެ ފިޝްމީލް ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ،

އަދި ހަމަ އެ ލޯނު އެހީގެ ދަށުން ގއ.ގެމަނަފުށީގައި 50 ޓަނުގެ ބޮލޮކް އައިސް ޕްލާންޓަކާއި، 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގައިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ