ރާއްޖެއެތެރެކުރަން އުޅުނު 2.05 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްއިން ހާމަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެހެން ނަމަވެސް މިތަކެތި އަތުލައިގަނެވުނު ގޮތުގެ ތަފްސީލް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.
ކަސްޓަމްސްއިން ބުނީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު އަތުލައިގެންފައިވަނީ 2.05 ކިލޯގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށެވެ.