ލަގެޖުގައި ހުރީ މީހަކު ހަވާލުކުރި މަސްތުވާތަކެތި ކަމަށް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިންޑިއާ ދެމަފިރިން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މިމަހުގެ 15 ވަނަ ދުވަހު މެލޭޝިއާ އެއާލައިންއައި މުހައްމަދު ޝޯއިބް, (41އ) އަދި އައިޝާ (38އ) ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހީ ތިން ދުވަހެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެހާ ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށެވެ. އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އައިއޯއަށް ހިންދީ ބަސް އެނގޭތީ އައިއޯ މެދުވެރިކޮށެވެ.
ބަންދުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނަކާއެކު އެވެ. ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދީފައިވަނީ 15 ދުވަހެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އެ ދެ މީހުންގެ ހަރަކާތްތައް ހުރި ގޮތުން އައިޝާގެ ނަމުގައި އިން އެ ދެމީހުން ގެނައި ލަގެޖް އެކްސްރޭކުރުމުން ލަގެޖްގެ ފުލުގައި ކޮންސީލްމަންޓެއް ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.
އެއީ މަސްތުވާތަކެތިކަމަށް ބެލެވިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި ހަވާލު ކުރެވުނު ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ލަގެޖް ތެރެއިން 1 ރަބަރުގަނޑު ފެނުނު ކަމަށާއި އޭގެ ބަރުދަނުގައި 2.05 ކިލޯ ހުރި ކަމަށެވެ. އަދި އޭގެ ބަރުދަނުގައި 2.05 ކިލޯ ހުރި ކަމަށް އަމުރުގައި ބުނެފައިވެ އެވެ.