logo minivan

English

ހޯމަ, 21 އޮކްޓޯބަރ 2024

އެއްގަމު އުޅަނދުގެ ލައިސެން ދޫކުރުމުގެ ހުއްދަ އިތުރު 10 ރަށަކަށް

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ހުއްދަ އިތުރު 10 ރަށަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

އެ މިނިސްޓްރީން ބުނީ އަލަށް ހުއްދަ ދިން ސެންޓަރުތަކާ އެކު ޖުމުލަ 39 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.

ލައިސަންސް ދޫކުރުމަށް އަލަށް ހުއްދަ ދިން 10 ސެންޓަރު:

ހއ. މޮޅަދޫ ކައުންސިލް
ހއ. އިހަވަންދޫ ކައުންސިލް
ހއ. ކެލާ ކައުންސިލް
ބ. ކެންދޫ ކައުންސިލް
ވ. އަތޮޅު ކައުންސިލް
ރ. ހުޅުދުއްފާރު ކައުންސިލް
ތ. ވިލުފުށީ ކައުންސިލް
ފ. ދަރަނބޫދޫ ކައުންސިލް
މ. ދިއްގަރު ކައުންސިލް
ގދ. ގައްދޫ ކައުންސިލް

އަދި އިތުރު ސެންޓަރުތަކުންވެސް ލައިސަންސް ދޫކުރުމުގެ ހުއްދައަށް އެދުމުން އޮންނަ އުސޫލްގެ ދަށުން ލައިސަންސް ދޫކުރުމުގެ ހުއްދަ ދެމުން ގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *