ޖިއްދާގެ ކައިރީގައި އޮންނަ ރަތް ކަނޑުގެ އަޑީގައި، ސައޫދީގެ ދެ ލޯބިވެރިންގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހަސަން އަބޫ އޯލާ އާއި ޔަސްމިން ދަފްތާދާރު ނަމަކަށް ކިޔާ މި ދެ ލޯބިވެރިން ބުނެފައިވަނީ ކަނޑުގެ އޑީގެ ހިތްގައިމު މުރަކަ ފަރުތަކާއި ކަނޑުގެ ދިރުންތައް އެކުލެވިގެންވީ ރޮމޭންޓިކް މާހައުލުގައި ކައިވެނިީގެ ރަސްމިއްޔާތު ބޭއްވީ ތަފާތު އަދި ހަނދާން ނައްތާނުލެވޭ ފަދަ ރަސްމިއްޔާތަކަށް ކައިވެނީގެ ރަސްމިއްޔާތު ހެދުމަށެވެ.
އެ ރަސްމިއްޔާތުގައި އެ ދެ މީހުންގެ އެކުވެރިންނާ ޑައިވިންއަށް ޝައުގުވެރިވާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. އަދި އެ މީހުންގެ އެކުވެރިން ވަނީ ކަނޑުގެ އަޑީގައި ހާއްސަ ސަޕްރައިޒިންގ ހުށަހެޅުމެއްވެސް ހުށަހަޅާފައެވެ.
ކަނޑުއަޑީގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވިި ދެމަފިރިންނަކީވެސް ޑައިވް ކުރުމަށް ޝައުގުވެރިވާ ދެމީހުން ކަމަށާއި، އެ ކައިވެންޏަކީ ސައުދީ އަރަބިއްޔާގައި ކަނޑުއަޑީގައި ކުރި ފުރަތަމަ ކައިވެނިކަމަށް ގަލްފް ނިއުސް އިން ބުނި ރިޕޯޓްކޮށްފައިވެއެވެ.
އެ ދެމަފިރިން ބުނެފައިވަނީ އެމީހުންގެ އުއްމީދަކީ ކަނޑުއަޑީގެ ކައިވެނީގެ ހަފްލާ ހިއްސާކުރުމުން ސައޫދީ އަރަބިއްޔާގެ ޑައިވިން ދާއިރާ މަޝްހޫރުވެ އެހެން މީހުންނަށް ޑައިވްކުރުމަށް ހިތްވަރު ލިބުންކަމަށާއި، އަދި އެގައުމުގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ދުރުވިސްނުމާ އެއްގޮތަށް ޓޫރިޒަމް ގެ ސިނާ އަތު ކުރިއެރުވުމަށް ހިތްވަރު ދިނުން ކަމަށެވެ.
"މިއީ ޕްރިންސް އޮފް ޔޫތު އަދި އަޅުގަނޑުމެންގެ ބޮޑު ގައުމުގެ ދުރުވިސްނުންތެރި ލީޑަރު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އަޅުގަނޑުމެންނަށް އެހީތެރިވެދެވޭނެ އެއް ގޮތް."
އެ ދެމަފިރިން ބުނެފައިވެއެވެ.