logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއްނެތް: ފުލުހުން

ބުޅާމަސް އަޅައިގެން އެއްވެސް ބާވަތެއްގެ ކާއެއްޗެއް ތައްޔާރު ކުރިކަމުގެ ހެއްކެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި އެކި ތަންތަނުން ބުޅާ ހިފައި އެތަަކެތި މަރައި، ކާއެއްޗެހި ހެދި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ) ވަނީ މިދިޔަ އޯގަސްޓް މަހުތެތޭގައި ސެލޫނެއްގެ ތެރެއިން ހައްޔަރު ކޮށްފައެވެ.

އަރަފާތު ދިރިއުޅެމުން ދިޔައީ ގ. ރަނައުރާގެ އާގެ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެންނެވެ. އޭނާ ކައްކަމުން ދިޔައީ އެތަނުގެ ތެރޭގަ އެވެ.

އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނެފައި ވަނީ އެ މީހާ ދިރިއުޅޭ ގެ ކައިރިން ބުޅަލުގެ މަހުގެ ބައިތައް ފެނިފައިވާ ކަމަށާއި، އޭނާއަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށެވެ.

މީގެ އިތުރުން ބައެއް އަވަށްޓެރިން ބުނެފައިވާ ގޮތުގައި އެމީހާ ނިދައި ކާތަކެތި ތައްޔާރުކުރާ ތަނުން ބުޅާ ހަރުއަޑުން ރޯއަޑު އިވޭތާ އޭރު ހަމަސް ވަރު ވެދާނެ އެވެ. އަދި އެމީހުންގެ ތެރެއިން ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އޭނާ ބުޅާތައް މެރުމުގެ ކުރިން އެސޮރުމެންނަށް ޖިންސީ ގޯނާކުރާ ކަމަށްވެސް ވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގިތަހުގީގުގާ ހަވާލާދީ މިއަދު މީޑިއާއަށް ހިއްސާ ކުރި މެސެޖުގައި ބުނެފައިވަނީ، ބުޅާ މަސް އަޅައިގެން އެއްވެސް ބާވަތެއްގެ ކާއެއްޗެއް ތައްޔާރު ކުރިކަމުގެ ހެއްކެ ފެނިފައި ނުވާކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ފުލުހުން ކުރަމުން ދިޔަ ތަހުގީގު މިހާރު ހުއްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިހުރި މީހާ ފުލުހުން އިމިގްރޭޝަނާ ހަވާލު ކުރުމުން އެމީހާ ވަނީ ޑީޕޯޓުކޮށްފައި ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ