logo minivan

English

ހޯމަ, 21 އޮކްޓޯބަރ 2024

ސިންތަޓިކް ޑްރަގްސް ބޭނުންކުރާ މީހުން ގިނަވެ ނަފްސާނީ ވަނީ؛ ސީރިއަސް މައްސަލައެއް

ރާއްޖޭގައި ސިންތެޓިކް މަސްތުވާތަކެތީގެ ބާވަތްތައް ގިނަވުމުގެ ސަބަބުން ފަރުވާ ހޯދަން އަންނަ ފަރާތްތަކުގެ މެދުގައި ޑްރަގް-އިންޑިއުސްޑް ސައިކޯސިސްގެ އަލާމާތްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއޭ އިން މިހެން ބުނީ ފުލުހުންނާއި އެ އެޖެންސީ ގުޅިގެން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދެވެ.

"ޑްރަގް އިންޑިއުސްޑް ސައިކޯސިސް ނުވަތަ އެ ބޭނުންކުރެވޭ މަސްތުވާތަކެތީގެ ސަބަބުން އަންނަ ނަފްސާނީ ބަލިމަޑުކަމެއް، އެ ކަންކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ގިނަ އެޑިކްޓުންގެ ފަރާތުން އެބަ ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް، އެއީ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް."

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *