logo minivan

English

ހޯމަ, 21 އޮކްޓޯބަރ 2024

ޗެލްސީބަލިކޮށް ލިވަޕޫލުން ޕޮއިންޓް ޓޭބަލްގެ 1 ވަނަ ދިފާއުކޮށްފި

ޗެލްސީގެ މައްޗަށް 1-2 ގެ ނަތީޖާއަކުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ 1 ވަނަ މަގާމު ލިވަޕޫލުން ދަމަހައްޓައިފިއެވެ.

ރޭ ލިވަޕޫލުގެ އެންފީލްޑުގައި ކުޅުނު ލީގުގެ 8 ބަނަ މެޗުގައި ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗްގެ 21 ވަނަ މިނެޓް ގައި ލިވަޕޫލުގެ ކާޓިސް ޖޯން އަށް ޗެލްސީގެ ޑިފެންޑަރ ކޯލްވިލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލިވަޕޫލުން އެޓީމުގެ މިސްރު ކުޅުންތެރިޔާ މުޙައްމަދު ސަލާހް އެވެ.

މެޗްގެ ފުރަތަމަ ހާފް ނިންމާލާފައިވަނީ އިތުރު ގޯލެއް އެއްވެސް ޓީމަކަށް ކާމިޔާބު ނުކުރެވި ނަމަވެސް ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ 2 ވަނަ ހާފު ފެށުމާއެކު ޗެލްސީން ކުޅުން ވަރުގަދަކޮށް 2 ވަނަ ހާފު ފެށުނުތާ 3 ވަނަ މިނެޓްގައި އެ ޓީމުގެ އެ ޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މޮއިސެސް ކައިސޭޑޯ ދިން ޕާހަކުން އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. އެއާއެކު ލިވަފޫލުގެ ކުޅުން ވަރުގަދަކޮށް މެޗުގެ 51 ވަނަ މިނެޓްގައި މުޙައްމަދު ސަލާހު ނަގާދިން ހުރަހަކުން ކާޓިސް ޖޯން ވަނީ ލިވަޕޫލުގެ 2 ވަނަ ގޯލް ޖަހައިދީ ލީޑް ހޯދާދީފައެވެ.

އެ މެޗުން ލިވަޕޫލަށް 3 ޕޮއިންޓް ލިބުމާ ގުޅިގެން ލީގުގެ 1 ވަނާގައި އެ ޓީމުން ދަމަހައްޓަމުން އައި 1 ވަނަ މަގާމު 21 ޕޮއިންޓާ އެކު ވަނީ ދަމަހައްޓާފައެވެ. 2 ވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް 8 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އަދި 3 ވަނާގައި އޮތް އާސެނަލް އަށް 8 މެޗުން ލިބިފައިވަނީ 17 ޕޮއިންޓް އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *