logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

ރާއްޖެއަށް މިދިޔަ އަހަރު 15551 ސައިކަލާއި 1347 ކާރު އެތެރެކުރި: ކަސްޓަމްސް

މިދިޔަ އަހަރު ރާއްޖެއަށް 15،551 ސައިކަލާއި 1347 ކާރު އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ގައުމީ ތަފާސް ހިސާބާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ކަސްޓަމްސް ގެ އެކްސް އެކައުންޓުން ވަނީ މިދިޔަ 2023 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރި ކާރާއި މޮޓޯ ސައިކަލްގެ އަދަދު ހާމަކޮށްފައިއެވެ.

އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ކޮށްފައިވާ ޕޯސްޓަގައި ބުނެފައިވަނީ މިދިޔަ 2023 ވަނަ އަހަރު ރާއްޖެއަށް 15،551 ސައިކަލާއި 1347 ކާރު އެތެރެކޮށްފައިވާކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ އިންޖީނު އެޅި އޫލަނދުތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ރަޖިސްޓްރީ ކުރަމުންދަނީ މާލެ ސަޙައްދަށެވެ. އެހެންކަމުން މާލޭގެ މަގުތައް ތޮއްޖެހި ޕާކިންގެ މައްސަލަ ކުރިމަތިވަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުތަކުން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ޕަބްލިކް ޕާކިން އިތުރުކުރުމާއި، މަގުމަތީ ނުދުއްވައި ގިނަދުވަސްތަކެއް ވަންދެން ޕާކްކޮށްފައިހުންނަ ވެހިކަލްތައް ނެގުންފަދަ ކަންކަން ފުލުހުންނާ ގުޅިގެން ސަރުކާރުތަކުން ދަނީ ކުރަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *