logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

އައްޑޫ ހިތަދޫގައި އެކްސިޑެންޓްތަކެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ގެ ހިތަދޫގައި އެކި ހިސާބުތަކުގައި ހިނގި އެކްސިޑެންޓުތަކެއްގައި 7 މީހަކަށް އަނިޔާވެއްޖެ އެވެ.

އެކްސްިޑެންޑް ތަކާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫގެ 3 ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް ރޭގެ އެކި ވަގުތުތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުތަކުގައި 7 މީހަކަށް އަނިޔާވެގެން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައިި ފަރުވާ ދެމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވެފައިވަނީ 6 ފިރިހެނުންނާއި އަންހެނަކަށްކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އަދި އިތުރަށް ތަފްސީލުގައި ފުލުހުން ބުނެފައިވަނީ ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށާއި އެ 3 އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓް ހިނގި ތަނަށް ފުލުހުން ދިޔައިރު ސީން ރޫޅާލާފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *