logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

އެއް ބިލިއަން ރުފިޔާ ހޯދައިފި

އެކި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން ފާއިތުވި ހަތަރުމަސް ތެރޭ ބިލިއަނެއްހާ ރުފިޔާ ހޯދުނުކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކުގެ ފަރާތުން މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ ޖޫން 3 ގެ ނިޔަލަށް ވިސާ ފީ، ވޯކް ޕާމިޓް ފީ އަދި ކޯޓާ ފީ އާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި ހުރިކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށާއި މިހާރު ނުލިބި ހުރީ 703،799،250 ރުފިޔާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފައިސާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފައިވާނެ ކަމަށާއި އެ މީހުންނަށް އަލުން އެ ހިދުމަތް ދޭން ފަށާނީ ފައިސާ ދެއްކުމުން ކަމަށެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ގަވާއިދުން ފީ ނުދައްކާ ކަން ދާހިލީ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *