logo minivan

English

އާދިއްތަ, 10 ނޮވެމްބަރ 2024

އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑު ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑު ވަގަށް ނަގައި އޭގައި ހުރި ފައިސާ  ބޭނުންކުރި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ގއ. ވިލިގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑުން އެއަތޮޅުގެ މާމެންދޫ ބީއެމްއެލް އޭޓީއެމް އިން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ 20:13 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ގައި، ކާޑު ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫ އިން ވިލިގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެ ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށް އެމީހުން ދަތުރު ކުރި ލޯންޗު ބަލައިފާސް ކުރި އިރު އެ ކޭޝްކާޑު ބޭނުން ކޮށްގެން އެ މީހުން ވަގަށްނެގި ކަމަށް ބެލެވޭ 25000 ރުފިޔާ އިން 23000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ، ގއ. ވިލިގިލީ / ލައިފް، އުމުރުން 22 އަހަރުގެ މުހައްމަދު ޝައިން ޝަމީޒް އާއި ލ. ގަން، ތުނޑި/ ނޯތް ހެވެން، އުމުރުން 24 އަހަރުގެ ހަމްދޫން ހަލީލް އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *