logo minivan

English

އާދިއްތަ, 10 ނޮވެމްބަރ 2024

ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނައި ބަޔަކަށް ދައުވާކުރަނީ

މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. މަސްކޮތަންގެ، ސިބްޠް އަބްދުﷲ (19އ) އާއި މާލެ، ހ. ދޮންތުނޑި މުހައްމަދު އަހްސަމް (26އ) އަދި ލ. ގަން، މުކުރިމަގު، އަސްވާނު މުހައްމަދު (28އ) އެވެ.

މިދިޔަ މަހުގެ 18 އަދި 19 ވަނަ ދުވަހު ހައްޔަރުކުރި މި މީހުންގެ ތެރެއިން އެކަކު ވަނީ ކުރިން ދޫކޮށްލާފަ އެވެ. އެއީ އަސްވާނު އެވެ. އަނެއް ދެ މީހުން ވާނުވާ ބަންދުގައި ތިބިއިރު ދެ މީހުންގެ މައްޗަށް އަންނަ ހަފްތާގައި ދައުވާ ކުރާނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *