logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

މާލޭގެ ގެއެއްގެ ތެރެއިން ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ތެރެއިން ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ކ.ކާށިދޫ އަންދަލީބުގެ 19 އަހަރުގެ މުހައްމަދު މައިހާން ފަޔާޒު ކަމަށާއި، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް ޖަހާފައި ކަމަށެވެ. އަދި ސީނުގައި އޭނާ ބައެއް ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ބަންދު ކަނޑައެޅުމުގެ މަޖިލީހުގައި އޭނާ ކޯޓުގައި ބުނެފައިވަނީ އެގެއިން ފެނުނު ތަކެއްޗާ އޭނާއާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި އެގެއަށް އޭނާ ދިރިއުޅުން ބަދަލުކުރީ މީގެ 3 ދުވަސްކުރިން ކަމަށެވެ.

އޭނާ ދިރިއުޅޭ އެޕާޓުމަންޓުން ކިލޯއެއްހާ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހީގެ އިތުރުން 64،000 ރުފިޔާ އާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އެހެނިހެންތަކެތި ވަނީ ފެނިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *