logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭގައި ހަށިވިއްކަމުންދިޔަ ބަޔަކު ޑީޕޯޓް ކޮށްލައިފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔާފާރި ކުރަމުންދިޔަ ބަޔަކު ހަތްޔަރުކޮށް ޑީޕޯޓް ކޮށްލާފައިވާކަމަށް އިމިގުރޭޝަނުން ބުނެފިއެވެ.

އެކަން ހާމަކޮށް އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮކްޓޫބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައި ކަމަށާއި،. އެގޮތުން އެފަދަ 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 07 އަންހެނަކާއި އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.

އަދި އެ މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން 05 އަންހެނަކު އަދި 01 ފިރިހެނަކު މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށާއި،ދެންތިބި 03 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ