ޑިއުޓީ ބޮޑުކުރުމުގެ ކުރިން ރޫޓު ފިހާރައިން 20 މިލިއަން ސިނގިރެޓް ވައިގެ މަގުން އެތެރެކޮށްފިއެވެ.
ބައެއް މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ރޫޓުން އެތެރެކުރި 200 ޕެލެޓްގެ މި ސިޕްމަންޓްގެ ބޮޑުބައެއް މިހާރު ވަނީ ކްލިއަކޮށްފައެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމާއެކު މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ސަރުކާރުން އިސްލާހު ހުށައެޅީ ފާއިތުވި ހަފުތާގައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
މިކަމުގެ ހިތި ނަތީޖާ ފުރަތަމަވެސް ދައްކާނީ ލޯކަލް ކައުންސިލް އިންތިޚާބުން. މީ ޔަގީންކަމެއް