އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާވާފައިވާ ކަންތައްތަކާއި އެ ކުންފުނީގެ ލޯނުތަކުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއަދުގެ ކޮމިޓީގައި އައިލެންޑް އޭވިއޭޝާންގެ މާލީ މައުލޫމާތުތައް ހާމަކޮށް، ލޯނާ ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް ވެސް އެޖެންޑާ ކޮށްފައިވެ އެވެ.
އެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
ކޮމިޓީ ސިއްރުކުރަން ނިންމީ ސަބްކޮމިޓީގެ ރިޕޯޓް ފަހުން މައި ހުށަހަޅާނެތީ ކަމަށް ކޮމިޓީގެ މުގައްރިރު މެންބަރު އަޝްރަގު ވިދާޅުވި އެވެ.