logo minivan

English

ހުކުރު, 15 ނޮވެމްބަރ 2024

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނަށް މުހިއްމު އިސްލާހުތަކެއް

ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެއްޖެނަމަ އެ ޕާޓީ އެއްލައްކައިން ޖޫރިމަނާކުރެވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެެ.

އެ ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދެވެ. މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން ތާވަލްކޮށްފައިވެ އެވެ.

މިހާރުވެސް ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވެއްޖެނަމަ 30,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް މިހާރުވެސް ގާނޫނުގައި ބުނެފައިވާއިރު އެ ޖޫރިމަނާގެ އިތުރުން އެއްލައްކައިން ޕާޓީ ޖޫރިމަނާކުރަން މި ބިލުގައި ހުށަހަޅާފައިވެ އެވެ.

އޭގެ އިތުރުން އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު،އެ އިންތިޖާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އުނިކުރުން ވެސް ބިލުގައި ހިމެނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *