logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހައްޖު، އުމްރާ ކޮންފަރެންސް ފައްޓަވައިދެއްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޙައްޖާއި ޢުމްރާ ކޮންފަރެންސެއް ބޭއްވޭކަމީ މިކަމަށް އަދުގެ ސަރުކާރުން އިސްކަންދެއްވާކަން ހާމަވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭއިރު އިސްކަންދޭންވާނީ ވިޔަފާރިއަކަށްވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމައާއި ހެޔޮ ސަވާބަށްކަމަށެވެ. ޙައްޖުވެރިންނާއި އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް އެހޭދަކުރާ ވަގުތަކީ ގެއްލިގެންދާނެ ވަގުތެއް ނޫންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޙައްޖާއި ޢުމްރާ ކޮންފަރެންސެއް ބޭއްވޭކަމީ މިމަސައްކަތް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އަލިގަދަ ހެއްކެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މި ކޮންފަރެންސްގެ ތެރެއިން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އެހެނިހެން ކުންފުނިތައް އެއްތަންވެ މަޝްވަރާކޮށް މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދޭނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ