logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

ފުލުހެއް ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ފުލުހެއް ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރޭ 22:42 ހާއިރު ހުޅުމާލެ ރީތިގަސް މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު މަޑުކުރަން ބުނުމުން މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި, މިލްކުރާގެ، އަހްމަދު ޝާހީން ޝަހީދު، (18އ) އެވެ.

ފުލުހުން ބުނީ ޝާހީން ހައްޔަރުކޮށްފައިވަނީ އެ ސައިކަލު ހުއްޓުވަން އުޅުމުން އެ ފުލުސް މީހާ ގައިގައި ސައިކަލުން ޖައްސައި، ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުން ކަމަށެވެ.

ޝާހީން އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށްވެސް ފުލުުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ފުލުސްމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *