logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ގާނޫނުގައި އޮތްގޮތަށް 5 އިންސައްތަ ކައުސިލްތަކަށް ދޭނަން: ރައީސް ޑރ.މުއިއްޒު

2025 ވަނައަހަރަށް ލަފާކުރާ ބަޖެޓް ފާސްވާއިރު ގާނޫނުގައި އޮތްގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މާލޭސިޓީ ކައުންސިލުން ހުލުމާލޭގައި ތަރައްގީކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވައިދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ގެންދަނީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، އެގޮތުން ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ދިނުމަށާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާނެކަމަށެވެ. އަދި އެގޮތުން ގާނޫނުގައި އޮތްގޮތަށް ބޮލޮކް ގްރާންޓްގެ ގޮތުގައި 5 އިންސައްތަވެސް ކަނޑައަޅުއްވައިދެއްވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހުޅުމާލޭގައި ގާއިމް ކުރެވުނު ބުޅާ ފެސިލިޓީ އަކީ މިސަރުކާރުން ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވާކަން ހާމަކޮށްދޭ ކަމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *