logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވާލައިފި

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނި ހަމަލާގައި ޝަހީދުވި އަބުޠާލުންގެ ޝަރަފުގައި ދިދަ ވިހުރައިލުން ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުންގެ ހިދުމަތުން މިކަން ހާމަކޮސްފައި ވަނީ އެ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްތެއްގަ އެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލޭގެ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލް މެނޭޖްމަންޓުގެ ބޭފުޅުންނާއި އާންމު ބައެއް ރައްޔިތުން ވެސްވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތުގައި، ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވި އަބްޠާލުންގެ ހަނދާނުގައި ސުކޫތެއް ގެނައުމާއި ދިދަ ވިހުރައިލުން އަދި ނަސްރުގެ ދުޢާ އާއި ގައުމީ ސަލާމް ކިޔާފައިވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *