logo minivan

English

ބުރާސްފަތި, 14 ނޮވެމްބަރ 2024

ފަރުދުންގެ ޒާތީ މައުލޫމާތާއި ސައިބަ ސެކިއުރިޓީގެ ބިލަށް ޚިޔާލު ހޯދަން ފަށައިފި

“ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް” އަދި “ސައިބަރސެކިއުރިޓީ ބިލް”އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ ފަރުދުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް ޑްރާފްޓްކޮށްފައިވާ “ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް” އަދި ސައިބަރސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ “ސައިބަރސެކިއުރިޓީ ބިލް”އަށް ހިޔާލު ހޯދުމުގެ ގޮތުން މި ދާއިރާތަކުގައި ހިމެނޭ ސްޓޭކްހޯލްޑަރުންނާއި އެކު ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓް ގުޅިގެން ނެވެ.

މި ބައްދަލުވުންތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން މީރުމާގައި މިއަދު ބޭއްވި ހަފްލާ ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި އެން.ސީ.އައި.ޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ، ޑރ. މުހައްމަދު ކިނާނަތު ވަނީ ވާހަކަދައްކަވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޓެކްނޮލޮޖީއާ ގުޅިގެން ގެންގުޅުއްވާ ދުރު ވިސްނުންފުޅާއި ދެއްވަމުންދާ ހަރުދަނާ އިރުޝާދަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނަށް ޝުކުރުއަދާކުރައްވާފައި ވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *