logo minivan

English

ބުރާސްފަތި, 14 ނޮވެމްބަރ 2024

އިންތިިހާބު ކާމިޔާބު ކުރެއްވުމުން ޓްރަމްޕަށް ރައީސް މަރުހަބާ ދަންނަވައިފި

އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވަނީ އޭނާ އާ ވާދަކުރެއްވި އެމެރިކާގެ މިހާރުގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ކަމަލާ ހެރިސްގެ މައްޗަށް އިންތިހާބުގައި ކުރިލިބިވަޑައިގެންފައިވާކަން އިއުލާނު ކުރައްވާފަ އެވެ.

އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން މިހާތަނަށް އައިއިރު، 267 އިލެކްޓޯރަލް ވޯޓު ޓްރަމްޕަށް ވަނީ ލިބިވަޑައިގެންފަ އެވެ. ކަމަލާއަށް ލިބިވަޑައިގަތީ 224 އިލެކްޓޯރަލް ވޯޓެވެ. ރައީސްކަން ލިބެނީ 270 އިލެކްޓޯރަލް ވޯޓު ލިބިގެނެވެ.

އިންތިހާބުގައި ޓްރަމްޕް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވައި "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮންނަނީ އިހުތިރާމާއި ގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދެ ފަރާތުގެ ދެމެދު އޮތް ގުޅުން ހަރުދަނާކޮށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، ދުނިޔޭގެ ސުލްހަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ފާހަަގަކުރެއްވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *