logo minivan

English

ބުރާސްފަތި, 14 ނޮވެމްބަރ 2024

އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް

ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއަރމަނަކަށް އަޙްމަދު ނާސިފް އައްޔަނުކޮށްފިއެވެ.

ނާސިފް އެމަޤާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަޤާމުގަ އެވެ. އެ ކުންފުނީގެ ޗެއާމަން ކަމަށް އޭނާ އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ނާސިފް ވަނީ 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ނާސިފް އެމަޤާމަށް އައްޔަނު ކުރި ކަން އެޗްޑީސީގެ އެކްސްގެ ޕޭޖުގައި ވަނީ ހާމަކޮށްފައެވެ. އެކްސްގައި އެޗްޑީސީއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޗެއަރަމަންގެ މަޤާމަށް އައްޔަނު ކުރެއްވުމުން ނާސިފަށް މަރުޙަބާ ކިޔާކަމަށެވެ. އަދި ނާސިފްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމަށް އިންތިޒާާރު ކުރާ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *