ރާއްޖެ ޓީވީން ގެނެސްދޭ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ރާއީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާތީ އެކަމަށް ބާރަށު ދާއިރާގެ މެމްބަރ އިބްރާހިމް ޝުޖާއު ފާޑުވިދާޅުވެއްޖެއެވެ.
އެކަމަށް އިޝާރާތްކުރައްވައި މެމްބަރު ޝުޖާއު ވިދާޅުވީ ދެން މަދީ އެމްޑީޕީ ޕޯޑިއަމްގައި ދެއަތަށް ދެތިލަފަތް ލައިގެންހުރެވާހަކަ ދެއްކެވުން އެކަނި ކަމަށާއި، މިއަދު ހުންނެވީ ޤައުމަށްޓަކައި އެމަނިކުފާނު ޖަލުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެ ތަފާތު ރިޕޯޓްތައް ގެނެސްދިން އެމްޑީޕީގެ ޓީވީގައި ކަމަށެވެ.
ޤައުމަށް ޓަކައި ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެ ތަފާތު ރިޕޯޓްތައް ގެނެސްދިން MDP ގެ ޓީވީގައި ރައީސް ޔާމީން. ދެން މަދީ MDP ޕޯޑިއަމްގައި ދެއަތަށް ދެތިލަފަތް ލައިގެންހުރެވާހަކަ ދެއްކެވުން އެކަނި.އޭރުން މާސަޅިވާނެ
ރައީސް ޔާމީން ރައީސް ކަމަށް އިންތިހާބުވި ހިސާބުން ރައީސް ޔާމީނާއި ރައީސް ޑރ.މުއިއްޒު އާއި ދެމެދު ވަރަށްބޮޑަށް މިހާރު ވަނީ ނުތަނަވަސްކަން އުފެދި ކުރިން ޕީޕީއެމް ގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުންނާއެކު ނިކުމެ ރައީސް ޔާމީން މިހާރުވަނީ ޕީއެންއެފް ގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ.