logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

އުމުރުން ދުވަސްވީ މީހުންގެ 5000 ރުފިޔާގެ އެލަވަންސް ދޭން ބޭނުންވާ އަދަދަށް ބަޖެޓްގައި ފައިސާ ހިމަނާފައެއް ނެތް: އަމީރު

އުމުރުން ދުވަސްވީ މީހުންގެ 5000 ރުފިޔަގެ އެލަވަންސް ދޭން ބޭނުންވާ އަދަދަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނެތްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެއެވެ.

2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެމްޑީޕީން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ އަސާސީ ޕެންޝަން ދިނުމަށް 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ އަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު 211.9 މިލިޔަން ރުފިޔާ މަދު ކަމަށާއި، މިހާރުވެސް އަސާސީ ޕެންޝަން ލިބޭ އުމުރުން 65 އަހަރުން މަތީގެ 22،950 މީހުން އެބަތިބި ކަމަށާއި އެއަދަދު އަންނަ އަހަރުވެސް ދާނީ މައްޗަށް ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.

MDP Presentation

އަމީރު ފާހަގަކުރެއްވީ ކޮންމެ އަހަރަކުވެސް އުމުރުން ދުވަސްވީ މީހުންގެ އަދަދު އިރުވަމުންދާއިރު، މިވަގުތު ތިވި އުމުރުން ދުވަސްވީ މީހުންނަށްވެސް ގާނޫނުގައި ކަނޑައަޅާފައިވާ 5000 ރުފިޔާ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގައި އަސާސީ ޕެންޝަނަށް ޖަހާފައިވާ އަދަދުން ނުދެވޭނެ ކަމަށެވެ.

އހެންކަމުން އަމީރު ވަނީ އަންނަ އަހަރު އަސާސީ ފެންޝަނުގައި ދިނުމަށް ގާނޫނުގައި ކަނޑައަލާފައިވާ 5000 ރުފިޔާ ކުޑަކުރައްވަނީތޯ ސުވާލު އުފައްދަވައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *