logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

މިހާތަނަށް އުުފުލި ހުރިހާ ދައުވާ އަކަށް މަންޑޭ އިންކާރުކޮށްފި

ކޭޕާކް މައްސަލައިގައި ދައުލަތުން އުފުލި ހުރިހާ ދައުވާއަކަށް ހަސަން މަމްދޫހު (މަންޑޭ) އިންކާރުކޮށްފި އެވެ.

މި މައްސަލައިގެ އިއްޔެގެ އަޑު އެހުމުގައި ދައުލަތުން ވަނީ މަންޑޭގެ މައްޗަށް ކުރެވޭ ބައެއް ދައުވާތައް އިއްވާފަ އެވެ. ބާކީ ދައުވާތައް ދެން އަންނަ އަޑުއެހުމެއްގައި އިއްވުމަށް ވަނީ ނިންމާފަ އެވެ. .

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި ދިފާއުގެ ފަރާތުން ވަނީ ލިޔެކިޔުންތައް ހަމަ ނޫންކަމަށް ބުނެފަ އެވެ. ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މި މައްސަލައިގައި ލިޔެކިޔުންތައް ހަމަ ކުރުމަށް ދިފާއުއަށް ފުރުސަތު ދީފައިވާކަމަށް ވިދާޅުވެފަ އެވެ.

ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެއްވާފަ އެވެ. އަދި ދައުވާތައް އިއްވުމުން މި ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައިވެ އެވެ.

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ 12 ޑިސެންބަރު 2023 ދުވަހުއެވެ. މި މައްސަލައިގައި މަންޑޭގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވައެއް އުފުލާފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *