logo minivan

English

ބުރާސްފަތި, 14 ނޮވެމްބަރ 2024

ދަބަސް ވަގު ހައްޔަރުކޮށް، ޕޮތްތަކާއެކު ދަބަހުގެ ވެރިފަރާތާ ދަބަސް ޚަވާލުކޮށްފި

ސްކޫލް ކުއްޖެއްގެ ފޮތް ދަަބަސް ވަގަށް ނެގި މީހާ ހައްޔަރުކޮށް ދަބަހުގެ ވެރިފަރާތާ ފޮތްތަކާއެކު ދަބަސް ޚަވާލުކޮސްފިކަމަށް ފުލުހުން ބުނެފިއެވެ.

ގްރޭޑް 9 ގައި ތައުލީމު ހާސިލް ކުރަމުންދާ ސުކޫލު ކުއްޖެއްގެ ދަބަސް ވަގަށްނެގި މައްސަލައެއް އާއްމު ފަރާތަކުން ފޭސްބުކުގައި ސަމާލުކަމަށްއެދި ދަބަސް ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިފައިވަނީކޮށް ފުލުހުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ 08:48 ހާއިރު އަމީރު އަހުމަދުމަގު ކަސްތޫރި ގޯޅި ކަންމަތީގައި ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ ހިފާޒް އުމުރުން 33 އަހަރުގެ އަޙްމަދު މާޖިދު ކަމަށާއި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް (އެތެރޭގައި ހުރި ތަކެއްޗާ އެކު) ހޯދައި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *