އާސަންދަ ނިޒާމަށް ގެންނަ ބަދަލަކުން ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ހެލްތު އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން އާސަންދަ ރިފޯމް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެ ނިޒާމު ވެގެންދާނީ ރައްޔިތުންނަށް އުއްމީދު ގެނެސްދޭ ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމު ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދޭނެ ނިޒާމަކަށް ކަމަށާއި އެނިޒާމަށް ގެންނަ އެއްވެސް ބަދަލެއްގެ ސަބަބުން ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯނާނެ ކަމަށެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ހަރުދަނާކޮށްގެން ނޫނީ ސިއްހީ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްނުދެވޭނެ ކަމަށާއި، އެގޮތުން އެ ސްކީމުގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަ ކޮސް އެކަންކަން މިހާރު ރަނގަޅުކުރަން ފަށާފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރީ ކަމުގެ ތަޖުރިބާކާރުންނާއި މާހިހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށާއި އެ ބޭފުޅުންގެ އިރުޝާދާއެއްގޮތަށް ފިޔަވަޅުތައް ހަރުދަނާ ނުކޮށްފިނަމަ މުސްތަގުބަލުގައި ރައްޔިތުން ތަހައްމަލުކުރަންޖެހޭ ވޭން މާބޮޑުވާނެ ކަމަށްވެސް އެ ބޭޅުންގެ ކަންބޮޑުވުންތަކުގައި ފާހަގަކޮށްފައި ހުރިކަމަށް ވިދާޅުވިއެވެ.
އާސަންދަ ރިފޯމް ކޮށް އަޅުއްވަމުންއަންނަ ފިޔަވަޅުތަކުގެ ތެރެއިން ޕްރައިވެޓް އިންސޫރެންސް އަށް އިސްކަން ދިނުމަށް މިހާރުވަނީ ފަށާފައެވެ.