logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ޚުދްމުޚްތާރު ވެރިކަމަކަށް ރާއްޖެ ދިޔަނުދިނުމަކީ ރައްޔިތުންގެ ގައުމީ ވާޖިބެއް: އަބްދުﷲ ޝާހިދު

ޚުދްމުޚްތާރު ވެރިކަމަކަށް ރާއްޖެ ދިޔަނުދިނުމަކީ ރައްޔިތުންގެ ގައުމީ ވާޖިބެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓް ގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައި ކަމަށެވެ. އަދި މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއްނެތި ބާރުތައްލިބިފައިވާ ޚުދްމުޚްތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނެފައި ވާކަމަށެވެ.

އެގޮތުން މިއަދު ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގެ 4 ވަނަ މާއްދާގައި ވެރިކަމުގެ ބާރުތައް ވުޖޫދުވެގެން އަންނަ ގޮތް "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ" އެހާމެ ސާފުކޮށް ބަޔާން ކޮށްފައި އެވަނީ މާޒީގައި ދިވެހިންކުރި ތަޖުރިބާގެ އަލީގައި ކަމަށެވެ. އެގޮތަށް ގާނޫނު އަސާސީގައި ސާފު ސާދާ ޢިބާރާތުން ބުނެފައި އެވަނީ ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ނުދޭންވެގެން ކަމަށެވެ.

ނަމަވެސް ހިތާމަޔަކީ ޤާނޫނު އަސާސީގެ ރޫޙާއި، ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަމަށާއި،  މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ ދިވެހި ރައްޔިތުންގެ އެންމެންގެވެސް ޤައުމީ ވާޖިބެއް ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *