ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓު ގައި ބައިވެރިވެ ވަޑައިގަތުމަށްފަހު 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުއިއްޒު އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.
ސަމިޓު ގައި ބައިވެރިވެ ވަޑައިގަތުމަށްފަހު 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ސަމިޓް (ކޮޕް-29) އަކީ ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލުމަށް ފުރުސަތު ލިބޭ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ދިމާވާ ތަފާތު ގޮންޖެހުންތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެއްކަމަށާއި އެގޮތުން މިފަހަރުގެ ކޮޕް-29 ސަމިޓް ގައިވެސް ރައީސުލްޖުމްހޫރިއްޔާ ތަގްރީރު ކުރައްވަން ހަމަޖެހިފައިވާ ކަމަށާއި، އަދި ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިތައް އެކަށައެޅުމާއި ކާބަން މާކެޓް އޮޕަރޭޝަނަލައިޒް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމާއި އެއްބާރުލުން އިތުރުކުރުމާއި އެން.ޑީ.ސީ. ތަރައްޤީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާބެހޭ ގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ކޮޕް-29 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، އަޒަރުބައިޖާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޑައިގެންނެވީ މަތީފަންތީގެ ވަފްދަކާ އެކީ ކަމަށްވެސް ރައީސް އޮފީހުން ހާމަކޮސްފައިވެއެވެ.