logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ބައްދަލުކުރައްވައިފިއެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް 29 ވަނައިގެ (ކޮޕް-29) ގެ ހަވާސާގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ކޮޕް-29 އަށް ދެ ޤައުމުން ހިއްސާކުރާ ތަޞައްވުރާއި، މޫސުމީ ހަރަކާތްތެރިކަމާއި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ޤުދުރަކީ ތަފާތުތަކާއެކުވެސް ދެ ޤައުމުން ހިއްސާކުރާ އެކުވެރިކަން ފާހަގަކުރައްވާފައެވެ. އަދި ގްލޭޝިއަލް މެލްޓިން އާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހިރާސްތަކުގެ މައްޗަށް އެ މަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސް ޑރ.މުއިއްޒު ވަނީ ބޫޓާނަކީ ދުނިޔޭގެ ފުރަތަމަ ކާބަން-ނެގަޓިވް ގައުމަށް ވެފައިވާތީ އާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް އެ ޤައުމުން ކުރާ އީޖާދީ މަސައްކަތްތައް ފާހަގަކުރައްވައި ބޫޓާނުގެ ބޮޑުޗވަޒީރު ތޮބްގޭއަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ ވަނީ ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ތާއީދުކުރައްވައި މޫސުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވާ އިސް ދައުރަށް ހިތްވަރުދެއްވައި އެ މައްސަލައިގައި ބޫޓާނުން އީޖާދުކުރި ބައެއް ކާމިޔާބު ޙައްލުތައްވެސް އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މޫސުމީ މައްސަލަތަކުގައި ބޮޑެތި، މުއްސަނދި ޤައުމުތަކުން އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށްޓަކައި، މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ޤައުމުތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ބޫޓާނުގެ ބޮޑުވަޒީރު އެބައްދަލުވުމުގައިވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ