logo minivan

English

ބުރާސްފަތި, 14 ނޮވެމްބަރ 2024

ކާރެއްގައި މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހުން ހައްޔަރުކޮށްފި

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެމައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މާލެ ދަފްތަރު ނަންބަރު ރސ 9022, ތޮލާލު މޫސާ (37 އ) އެވެ.

މިއަދު ހައްޔަރުކުރި އަނެއް ހަތަރު މީހުންނަކީ؛

  1. ހދ. ކުމުންދޫ، ރަތްބަގީޗާގެ، ހުސާމް އިބްރާހީމް، 34އ.
  2. މާލެ، ކ. ކަޅަަގާރިމާގެ، ހުސައިން ހައިކަލް ނިޔާޒް، 23އ.
  3. ހދ. ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފް. 36އ.
  4. ހުޅުމާލެ ފްލެޓް ނަމަބްރު 04-1-71، އަހުމަދު ރިޝްފާް، 26އ.

މި އެންމެންގެ ފޮޓޯއާއެކު ވަނަވަރު މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ ހުޅުމާލެ, އޯކިޑުމާ ހިނގުމުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް, ހިފަހައްޓާ, އަނިޔާކޮށް, ބިރު ދައްކާ އަދި އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *