logo minivan

English

ބުރާސްފަތި, 14 ނޮވެމްބަރ 2024

ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއާ ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލްއާ ބައްދަލުކުރައްވައިފިއެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ގެ ހަވާސާގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެކުނު އޭޝިއާގެ އަވައްޓެރި ޤައުމުތަކުގެތެރެއިން ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ބަދަހި ގުޅުން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ޞިއްޙީ ދާއިރާގައި އިތުރަށް އެއްބާރުލުންދީ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުންނާއި ކޮޕް-29 ގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކުރިއަށް ދެ ގައުމު ގުޅިގެން ކުރިއަށް ދިިއުމާއިގުޅޭގޮތުން މިބައްދަލުކުރެއްވުމުގައި ދެ ލީޑަރުންވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *